ޚަބަރުސިޔާސީ

ފޯމުތައް އަންދާލިކަމަށް ބުނެ ޝިފާ އިތުރުފުޅު ހައްދަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ހިޔާ ފްލެޓްތަކަށް އެދި ބައެއް ފަރާތުން ހުށައެޅި ފޯމްތައް ސަރުކާރުން އޭރު އަންދާލިކަމަށް ބުނެ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު އިތުރުފުޅު ހެއްދެވިކަން ހާމަވެއްޖެއެވެ.

ޕީޕީއެމަށް ނިސްބަތްނުވާ މީހުންގެ ފޯމްތައް އަންދާލާފައިވާ ކަމަށް ބުނެ ފޮޓޯއަކާއިއެކު މީހަކު ކުރި ޓްވީޓަކަށް ތާއިދުކޮށް ޝިފާ ވިދާޅުވީ، ފޯމްތައް ހުށަހެޅިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަމަށެވެ. އަދި އެ ފޯމުތައް އަންދާލީ ވިލިމާޅޭގައި ހައުސިން މިނިސްޓްރީ ހިންގި ތަނުގައި ކަމަށެވެ.

ނަމަވެސް އެ ޓްވީޓުގައި އަންދާލި ކަމަށް ބުނާ ފޯމުތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރުގެ ފޯމުތަކެއްކަން ވަނީ ހާމަވެފައެވެ.

 

ފޯމްތަކެއް އަންދާލިކަމަށް ޝިފާ ބުނާ ވާހަކަ ސާފުކޮށްދެމުން ޕީޕީއެމްގެ މީޑިއާ ކޯޑިނޭޓަރ ހަމްދާން ޝަކީލް ވަނީ ޝިފާ ދައްކަމުން ގެންދާ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދީފައެވެ.

މިކަމުގެ ހަގީގަތް އެނގޭ އެތައް ބަޔަކު އަންނަނީ މިކަމާއި ގުޅިގެން ޝިފާ އަށް ފާޑު ކިޔަމުންނެވެ. އަދި ހަގީގަތް އޮޅުވާނުލުމަށް އެތައް ބަޔަކު އަންނަނީ ޝިފާއަށް ގޮވާލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button