ޚަބަރުސިޔާސީ

ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މަސައްކަތް ކޮށްދޭނަން: ރައީސް

ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން މަސައްކަތްކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

ރައީސް މިހެން ވިދާޅުވީ ނ.މަނަދޫ ކައުންސިލްގެ އިދާރީ މުވައްޒަފެއް ކަމަށްވާ، އެރަށު ހޭޅި އައްޒާ އަބްދުއްޣަފޫރު، ލޯކަލް ކައުންސިލް އިދާރާގެ އިދާރީ މުއްޒަފުންގެ މުސާރައާއި އިނާޔަތްތަކާމެދު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

 

ކައުންސިލް މުވައްޒަފުންގެ މުސާރައިގެ މައްސަލައަކީ ސިވިލް ސާވިސްއާއި އެލްޖީއޭއާ ދެމެދު ހިޔާލު ތަފާތުުވުން އޮތް ކަމެއްކަމަށާއި މިކަމަކީ މަޖިލިސް ތެރެއިން ބައެއް މާއްދާތަކަށް ބަދަލު ގެއްނަން ޖެހިފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނީ ކައުންސިލުގެ ސިވިލް ސާވިސް މުވައްޒަފުންނަށް ވަޒީފާގައި އުޅޭއިރު ކިޔެވުމަށާއި، ވަޒީފާގެ ކުރިއެރުން ފަސޭހައިން ލިބޭނެ މަގު ފަހިކޮށް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

 

މަޖިލީހުން ވަޒީފާތަށް ކެޓަގަރައިޒް ކޮށްފައިވާ ގޮތުން ކައުންސިލްތައް ހިމެނެނީ ދަށް ފަންތީގެ ކެޓަގަރީގައި ކަމަށާއި ނަމަވެސް ބޭސް ސްޓަރަކްޗާ ހެދުމުގެ މަސައްކަތުގެ ތެރޭގައި ކުރިއަށް އޮތްތާނގައި އެކަމަށް ހައްލެއް ގެނެސްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

 

އަޅުގަނޑުމެންގެ ޕޭ ސްޓްރަކްޗާ ހެދުމުގެ ކަންކަމުގައި ކުރިއަށް އޮތް ތަނުގައި ތިކަމަށް ހައްލެއް ގެންނަން އަޅުގަނޑު ބޭނުން. އަޅުގަނޑު ވަރަށް ގާތުން ކައުންސިލު މުވައްޒަފުން ދެކިފައި ހުރި މީހެއް މީ. އެހެންވީމަ އަޅުގަނޑަށް އެނގޭ ކައުންސިލުތަކުގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް“ ރައީސް ވިދާޅުވިއެވެ.

 

އައްޒާ ބުނި ގޮތުގައި މަތީ ތައުލީމު ހާސިލްކޮށްގެން ތިބި ނަމަވެސް ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ކަމަށާއި، ނަމަވެސް ރާއްޖޭގެ ބައެއް މުއައްސަސާ ތަކުގައި ވަޒީފާ އަދާކުރާ ސިވިލް ސާވަންޓުންގެ އިނާޔަތްތައް ބޮޑެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button