ޚަބަރު

ފެން ޕުލާންޓެއްގެ އަގަށް އިތުރު 8 މިލިއަން ރުފިޔާގެ ބިލެއް!

ޅ.ނައިފަރަށް އެތެރެކޮށްފައިވާ ފެން ޕުލާންޓަކީ އޭގެ އަސްލު އަގަށްވުރެ 8 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށް ބިލުކޮށްފައިވާ އެއްޗެއްކަމަށް ހާމަވެއްޖެއެވެ.

މި ފެން ޕުލާންޓަކީ ރައީސް އިބްރާހީމް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިނަށް ނައިފަރަށް ވަޑައިގެން ދުވަސްވަރާ ދިމާކޮށް އެތެރެކޮށްފައިވާ އެއްޗެއްކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.

ނައިފަރުގައި ފެނުގެ މައްސަލަތައް ކުރިމަތިވެ ސަރުކާރަށް ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި ރިޔާސީ އިންތިހާބާ ދިމާކޮށް އެރަށަށް އެތެރެކޮށްފައިވަނީ 50 ޓަނުގެ ފެން އުފައްދާ ޕުލާންޓެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފެން ޕުލާންޓަކީ  ތ.އަތޮޅުގެ މަޝްރޫއަކަށް ބޭނުންކުރަން ތ.އަތޮޅުގައި ބަހައްޓާފައި ހުރި ފެން ޕުލާންޓެކެވެ. މި ޕުލާންޓު ވަނީ ނައިފަރުގެ ފެނަކަ ހުރި އިމާރާތުގައި ބަހައްޓާފައެވެ. އޭރު އަދި މި ފެން ޕުލާންޓު ވަނީ އިންސްޓޯލްވެސް ނުކޮށެވެ.

އާންމު ގޮތެއްގައި މީގެ ފެން ޕުލާންޓެއް އިންސްޓޯލް ކުރުމާއިއެކު ޖުމްލަ ޖެހޭ އަގަކީ 2 މިލިއަން ރުފިޔާއެވެ.

ނަމަވެސް މި ފެން ޕުލާންޓަށް 10 މިލިއަން ރުފިޔާ ބިލު ކުރިކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. މިގޮތުން އެ ފެން ޕުލާންޓުގެ ޑެލިވަރީ އޯޑަރ ސުލިޕުކޮޅު ވަނީ އާންމުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button