ޚަބަރުސިޔާސީ

ރައީސްއާއި ނާއިބު ރައީސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް ގަވާއިދުގައި ހިމަނަން ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް އެ މަޖިލީހުގެ ގަވާއިދުގައި ހިމަނަން ހުށަހަޅައިފިއެވެ.

އެ ގަވައިދުގައި އެގޮތަށް ހިމަނަން ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ)އެވެ. އޭނާ އެގޮތަށް ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލުމުގެ ބިލް މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.

ސަލީމް ވިދާޅުވީ ގާނޫނުއަސާސީ ބައްޓަންކޮށްފައި ވަނީ ރައީސާއި ނައިބު ރައީސް ވެސް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭ ގޮތަށް ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި ހަމައެކަނި މިނިސްޓަރުންނަށް މަޖިލީހަށް ޖަވާބުދާރީވުން މަޖުބޫރުކޮށްގެން ތިބުމަކީ ސަރުކާރު ޖަވާބުދާރީ ކުރުން ހަނިކުރުމެވެ.

ސަލީމް ވިދާޅުވީ ކެބިނެޓުގައި ވެސް އެންމެ އިސްކޮށް އިންނަވާ ދެ ބޭފުޅުން ޖަވާބުދާރީ ކުރުވުމަށް ޓަކައި މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button