ޚަބަރުދުނިޔެ

ކޯޓުގައި އެންބަރ ހަރޑްގެ މައްޗަށް ޖޮނީ ޑެޕް ކުރިހޯދައިފި

މަޝްޙޫރު ފިލްމީ ތަރި އަދި އަކުއަރމޭންގެ ބަތަލާ އެބަރ ހަރޑްގެ މައްޗަށް އޭނާގެ ކުރީގެ ފިރިމީހާ އަދި ފިލްމީ ތަރި ޖޮނީ ޑެޕް އުފުލި 50 މިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ ޖޮނީ ކާމިޔާބުކޮށްފިއެވެ.

އެންބަރ ހާރޑްގެ މައްޗަށް ޖޮނީ ޑެޕް މި ދައުވާ އުފުލާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެންބަރުމަހު، ވޮޝިންގްޓަން ޕޯސްޓް ނޫސް މަޖައްލާގައި ޖޮނީ ޑެޕް އެނާއަށް ގެވެށި އަނިޔާކޮށް، ޖިންސީ ގޯނާކޮށްފައިވާކަމަށް ދޭހަވާފަދަ މޭރުމަކުން އެންބަރ ޝާއިއުކުރި ލިޔުމަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ޖޮނީ ޑެޕް، އެނބަރ ގެ މައްޗަށް އުފުލީ 50 މިލިއަން ޑޮލަރުގެ ދައުވާއެކެވެ. އަދި މި ދައުވާގެ ރައްދެއްގެ ގޮތުގައި އެނބަރ ވަނީ ޖޮނީ ޑެޕް އޭނާއަށް ގެވެށި އަނިޔާކޮށް ޖިންސީ ގޯނާކޮށްފައިވާކަމަށް ބުނެ 100 މިލިއަން ޑޮލަރުގެ ރައްދު ދައުވާއެއް އުފުލާފައެވެ.

މި ދައުވާގައި ފެއަރފެކް ކައުނޓީ ސަރކިޓް ކޯޓުގެ ޖޫރީގެ އަގްލަބިއްޔަތުން ނިންމި ގޮތުގައި މައްސަލައިގައި ދެފަރާތުން ހުށައަޅާފައިވާ ހެކިތަކާއި ގަރީނާއަށް ބަލާއިރު އެނބަރ ވޮޝިންގްޓަން ޕޯސްޓް ނޫސް މަޖައްލާގައި ލިޔުނު ލިޔުމަކީ ޖޮނީ އަށް ނިސްބަތްކޮށް ލިޔުނު ލިޔުމެއް ކަމަށް ސާބިތުވާ ކަމަށާއި، މި ލިޔުމަކީ ގެއްލުން ދިނުމުގެ ނިޔަތުގައި ގަސްތުގައި ލިޔުނު ލިޔުމެއް ކަމަށް ވަނީ ނިންމާފައެވެ. ހަމަ އެހެންމެ މި ލިޔުމުގެ ސަބަބުން ޖޮނީގެ އަބުރަށް އަރައިގަނެވިފައިވާ ކަމަށާއި، އަދި ސަބަބުވެރި ވިސްނުމަކުން ވިސްނާއިރު، އެއީ އެފަދަ ނިޔަތެއްގައި ލިޔެފައިވާ ދޮގު ލިޔުމެއްކަމަށް ދޭހަވާކަމަށް ވަނީ ނިންމާފައެވެ.

ހަމަ އެހެންމެ ޖޫރީއިން ނިންމިގޮތުގައި ޖޮނީ ޑެޕް ވަނީ އަބުރުގެ ދައުވާގެ ހުރިހާ ސުންކެއް ފުރިހަވާކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުކޮށްދީފައެވެ. މީގެ އިތުރުން އެންބަރ ހާރޑް ލިޔެފައިވާ ލިޔުމަކީ ޖޮނީއާއި ބެހޭގޮތުން ލިޔެފައިވާ ލިޔުމެއް ކަމަށާއި، އޭނާގެ އަބުރު ނަގައިލުމަށް ލިޔެފައިވާ ދޮގު ލިޔުމެއްކަން އެއްވެސް ޝައްކެތްނެތް މިންވަރަށް ސާބިތުކޮށްދީ، އެންބަރ އަށް ޖިންސީ އަނިޔާކޮށް ގެވެށިއަނިޔާ ކޮށްފައިނުވާކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުކޮށްދީފައިވާކަމަށް ޖޫރީއިން ވަނީ ނިންމާފައެވެ.

މި ދައުވާއާއި ގުޅިގެން ޖޫރީއިން އެންބަރ ގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ބަދަލުގެ ގޮތުގައި 10 މިލިއަން ޑޮލަރު، އަދި އަދަބެއްގެ ގޮތުން 5 މިލިއަން ޑޮލަރު ޖޮނީ އަށް ދިނުމަށެވެ. ހަމަ އެހެންމެ މި ދައުވާގެ ސަބަބުން އެނބަރގެ އަބުރަށްވެސް އަރައިގަނެވިފައިވާ ކަމަށް ނިންމާ ޖޮނީ ގެ މައްޗަށް ވަނީ ބަދަލުގެ ގޮތުގައި އެނބަރ އަށް 2 މިލިއަން ޑޮލަރު ދިނުމަށް ޙުކުމް ކޮށްފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button