ޚަބަރު
އަމިއްލަ ދަތުރުފުޅެއްގައި ޑރ. މުއިއްޒު އަބޫދާބީއަށް ވަޑައިގެންފި
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ ދަތުރުފުޅެއްގައި އަބޫދާބީއަށް ވަޑައިގެންފިއެވެ.
އިންތިހާބީ ރައީސްގެ މި ދަތުރުފުޅު ހަމަޖައްސަވާފައި ވަނީ ޔޫއޭއީ ސަރުކާރުން ކަމަށް އިންތިގާލީ ތަރުޖާމު މުހައްމަދު ފިރުޒުލް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވަނީ ހުސްވި ނޮވެންބަރު މަހު 30 ގައި ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންފައެވެ. އެ ދަތުރުފުޅުން އެނބުރި މާލެ ވަޑައިގަތީ އިއްޔެއެވެ.