
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި މަތިވެރި ދާއިރާއަށް އެ ދާއިރާގެ ޕީޕީއެމްގެ ރައީސް އަބްދުﷲ ލުތުފީ ވާދަކުރައްވަން ނިންމަވައިފިއެވެ.
ލުތުފީ އަކީ ރިސޯޓު ދާއިރާގެ 25 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ޑީއާރުޕީ، ޕީޕީއެމް ޕީއެންސީ ފިކުރުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 އިން ފެށިގެން އެދާއިރާގެ އަތޮޅު ކައުންސިލްކަންވެސް ކުރެއްވި ބޭފުޅެކެވެ.
ވޭތުވެދިޔަ ފަސް އަހަރު ލުތުފީ ފާހަގަވެގެން ގޮސްފައިވާނީ ޕީޕީއެމް ޕީއެންސީގެ ސިޔާސީ ކޮންމެ ހަރަކާތެއްގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ.
އެގޮތުން އޭނާ ވަނީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލުން މިނިވަން ކުރުމަށް އަޑުއުފުލުމަށް ބޭއްވި ކޮންމެ މުޒާހަރާއެއްގައި ބައިވެރިވެގެންފައެވެ. އަދި ހާއްސަކޮށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް އެދާއިރާގައި ވަރުގަދަ ކެމްޕެއިންތަކެއް ލުތުފީގެ ބެލުމުގެ ދަށުން ވަނީ ހިންގާ ފައެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމުގެ ޝައުގުވެރިކަން އަންނަނީ އިތުރުވަމުންނެވެ.