ޚަބަރު

ޝެއިޚް ނިޝާންގެ ބަންދަށް އިތުރު 3 ދުވަސް

ޝައިޚް އާދަމް ނިޝާން ގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ވަނަ ފަހަރަށް މުއްދަތު ޖަހައިފިއެވެ.

ޝައިޚް އާދަމް ނިޝާންގެ ބަންދަށް ޤާޟީ މިޞްބާޙް އިއްޔެ އިތުރު ކުރެއްވީ 3 ދުވަހެވެ.
ޓެރަރިޒަމްގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން މުއްދަތު އިތުރުކުރުމަށް އެދޭނަމަ، ޤާނޫނު ބުނާގޮތުން 45 ދުވަހުގެ ތެރޭ ތަޙްޤީޤު ނިންމައި ޕީޖީއަށް މައްސަލަ ފޮނުވަން ތަޙްޤީޤީ އިދާރާއަށް ޖެހެއެވެ. ޝައިޚް ނިޝާންގެ މުއްދަތު އިތުތުކުރުމަށް ފުުލުހުން އެދިފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ލ) ގެ ދަށުންނެވެ. އެހެންކަމުން ގިނަވެގެން 45 ދުވަހުގެ ތެރޭ ޝައިޚަށް ކުރާ ތުހުމަތުގެ މައްސަލަ ތަޙްޤީޤުކޮށް ޕީޖީއަށް ހުށަހެޅުމަކީ ތަޙްޤީޤީ އިދާރާއަށް ލާޒިމް ވާކަމެކެވެ. އެއަށް ވުރެން ގިނަދުވަސް ތަޙްޤީޤަށް ބޭޏުންވާނަމަ ފުލުހުން ޖެހޭނީ ޕީޖީގެ ފަރާތުން އެދިގެން ތަޙްޤީގަށް މުއްދަތު އިތުރު ކުރަން ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެފަދަ އެދުމެއް ފުލުހުން ޕީޖީގަ އެދިފައިވާ ކަމަށް ބުނި ނަމަވެސް އެ ލިޔުމެއް ލިބިފައެއް ނެތެވެ. އަދި މި މައްސަލާގަ ނިޝާން އާއި ދެކޮޅަށް ފުލުހުން އާހެއްކެއް ހުށަހަޅާފަވެސް ނެތެވެ.

މުހިންމު ނުކުތާތައް

* ޔޯގާ ހަރަކާތް އޮތީ 21 ޖޫން 2022 ގައި ގަލޮޅު ދަނޑުގަ
* ޔޯގާ އާއި ދެކޮޅަށް އަޑުއުފުލުން އެދުވަހުގެ ހެނދުުނު ފަތިސްނަމާދަށް ފަހު.

ޝައިޚް އާދަމް ނިޝާން:-
– ކޯޓުއަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރީ 22 ޖޫން 22 ދުވަހުގެ ރޭ 19:53 ގައި މަގުމަތިން، ތުއްތު ދަރިފުޅާއެކު ނަމާދަށް ވަޑައިގަންނަވަނިކޮށް.
– ފުރަތަމަ މުއްދަތު ޖެހީ 23 ޖޫން 2022 ގަ 7 ދުވަހަށް.
– ދެވަނަ މުއްދަތު ޖެހީ 30 ޖޫން 2022 ގަ 3 ދުވަހަށް.
– ތިނަވަނަ މުއްދަތު ޖެހީ 03 ޖުލައި 2022 ގަ 16 ދުވަހަށް.
– ހަތަރުވަނަ ފަހަރަށް މުއްދަތުޖެހީ 19 ޖުލައި 2022 ގަ 16 ދުވަހަށް.
– ފަސްވަނަ ފަހަރަށް މުްދަތު ޖެހީ 04 އޮގަސްޓް 2022 ގަ 3 ދުވަހަށް.

Leave a Reply

Your email address will not be published. Required fields are marked *

Back to top button