ޚަބަރު

ޔޯގާ ހަމަނުޖެހުން: ޝެއިޚް ނިޝާން އާއި ފަޟްލޫން ދުލެއް ނުކުރި

ޖޫން 21 ވަނަ ދުވަހުގެ ހެދުނު ސަރުކާރާއި އިންޑިއާގެ އިސްވެރިންތަކެއް ގަލޮޅު ދަނޑު ތެރޭގައި ޔޯގާ ހަދަން ތިއްބައި ހިނގައިދިޔަ ހަމަނުޖެހުން ރާވާ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިޚް އާދަމް ނިޝާން އާއި ޝެއިޚް ފަޟްލޫން ބިން މުހައްމަދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ މައްސަލައިގައި އެ ދެބޭފުޅުން 7 ދުވަހަށް ބަންދު ކުރުމަށްފަހު މިއަދު ކްރިމިނަލް ކޯޓުން ޝެއިޚް ނިޝާންގެ ބަންދުގެ މުއްދަތު 3 ދުވަހަށް، އަދި ޝެއިޚް ފަޟްލޫނުގެ ބަންދުގެ މުއްދަތު 7 ދުވަހަށް ދަންމާލާފައި ވެއެވެ.

މިކަމާ ގުޅިގެން ”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ޝެއިޚް ނިޝާންގެ ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވީ އެދުވަހު ފަތިސް ނަމާދަށް ދިއުމަށްފަހު މުޒާހަރާއަށް އައުމަށް ޝެއިޚް ނިޝާން އިރުޝާދު ދެއްވިކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވަކީލު ހަމީދު ވިދާޅުވިއެވެ. އެކަމަކު ދައުލަތުން ޝެއިޚް ނިޝާންގެ މައްޗަށް ކުރާ ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް ނެތް ކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝެއިޚް ނިޝާންގެ ދަރިފުޅު ކުރިމަތީގައި އެ ބޭފުޅާ ހައްޔަރު ކުރުމުގެ ސަބަބުން ދަރިފުޅަށް ކުރިމަތިވި ނަފްސާނީ ބިރުވެރިކަމަށް އެހީތެރިކަން ބޭނުން ނުވާނެ ކަމަށް ޝެއިޚް ނިޝާން އާއި ހަވާލާދީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އިތުރުފުޅު ހައްދަވާފައިވާކަން ވަކީލު ހަމީދު ފާހަގަކުރެއްވިއެވެ.

ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި ޝެއިޚް ނިޝާން އާއި ޝެއިޚް ފަޟްލޫން ހިމެނޭގޮތަށް ޖުމަލް 22 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްވެސް ހިމެނެއެވެ. ކޯޓުން ވަނީ މުހައްމަދުގެ ބަންދަށްވެސް އިތުރު 9 ދުވަސް ޖަހާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button