ރިޔާސީ އިންތިޚާބު 2023 ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިއެވެ.
މިހާތަނަށް ގުނި 450 ވޯޓް ފޮށީގެ ނަތީޖާއަށް ބަލާއިރު، ޑރ. މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފައިވަނީ 54 އިންސައްތަ ވޯޓާއި އެކުއެވެ.
ރައީސް ސޯލިހަށް ތާއީދު ކުރި އެންމެ ޕާޓީއެއް ފިޔަވައި އެހެން ހުރިހާ ޕާޓީއަކުވަނީ ދެވަނަ ބުރުގައި އެމަނިކުފާނަށް ތާއީދު ނުކުރަން ނިންމައިފައިވާ އިރު، ގިނަ ރައްޔިތުންވަނީ އެމްޑީޕީއާ ދުރަށްޖެހި ޑރ. މުއިއްޒުއާ ވަނީ ބައިއަތު ހިފައިފައެވެ.