ޚަބަރުސިޔާސީ

ސިވިލް ސާވެންޓުން އިންތިހާބެއްގައި ބައިވެރިވާ ނަމަ 6 މަސްދުވަސް ކުރިން އިސްތިއުފާ ދޭންޖެހޭނެ: ހަބީބް

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި ސިވިލް ސާވިސް ވަޒީފާއެއްގައި އުޅޭ މީހަކު އިންތިހާބެއްގައި ވާދަކުރައްވާނަމަ އިންތިހާބެއް ބާއްވާ ތާރީޚުގެ މީލާދީ 6 މަސްދުވަސް ކުރިން، އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭންޖެހޭނެއެވެ.

ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ، ޢާންމު އިންތިހާބެއްގައި ވާދަކުރުމަށް ގަސްދުކުރާ، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން، އިންތިހާބެއް ބާއްވާ ތާރީޚުގެ މީލާދީ 6 މަސްދުވަސް ކުރިން، އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

މަގާމުން އިސްތިޢުފާ ނުދީހުރެ، އިންތިހާބަކަށް ކުރިމަތިލައިފިނަމަ، އެ މުވައްޒަފަކު ހުރި ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ސިވިލް ސަރވިސް ގާނޫނު ބުނެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ސިވިލް ސަރވިސްގެ މުވައްޒަފަކު އިންތިހާބުގައި ވާދަކޮށް ނުހޮވުނަސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އޮންނަ ފަދައިން، އަލުން އަނބުރާ ކުރިންހުރި ވަޒީފާއަށް އައުމުގެ ފުރުސަތެއް ނޯންނާނެކަން ވަނީ ސާފުކޮށްދީފައެވެ.

”މިއީ، ގާނޫނު ހަދާ މަޖިލީހުން ވިސްނާވަޑައިގަންނަވަން ކަމު ހިނގައިދާނެ ނުކުތާއެއް. ގާނޫނު އަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ލިބިދިނުމުގައި ހުރި ތަފާތުތަކާމެދު، ދައުލަތުގެ ބަންޑާރަ ނައިބާއި، ގާނޫނުހަދާ މަޖިލީހުން މާބޮޑަށް ވެސް ވިސްނާވަޑައިގަންނަވާނެކަމީ ޝައްކެއް އޮތްކަމެއްނޫން.“

ހަބީބް ވިދާޅުވި ގޮތުގައި ސިވިލް ސަރވިސްގެ ވަޒީފާ އެއްގައި އުޅުން ނުވަތަ ނޫޅުން، އާންމު އިންތިހާބުތަކުގައި ބައިވެރިވުމުގެ ޝަރުތަކަށް އިލެކްޝަންސް ކޮމިޝަނުން ނުބަލާނެއެވެ. އެހެންނަމަވެސް، ސިވިލް ސަރވިސްގެ މުވައްޒަފުން ސިވިލް ސަރވިސްގެ ގާނޫނަށް އަމަލު ކުރޭތޯ ނުވަތަ ނޫންތޯ އީސީން ބައްލަވާނެއެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުން ދެ އިންތިހާބެއްގައި ދެގޮތަކަށް ޢަމަލު ކުރަންޖެހުމުން، ބައެއް ފަހަރު މުވައްޒަފުންނަށް އޮޅުން އަރާގޮތް ވެދާނެތީ ހަބީބް މިވަނީ އެކަން މައުލޫމާތަށްޓަކައި ދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button