ޚަބަރު

އިންޑިޔާ ސިފައިންގެ އެހީތެރިކަމާ ނުލައި ދިވެހި ސިފައިން ފުރަތަމަ ފަހަރަށް ގެއްލުނު މީހަކު ހޯދަނީ

އިންޑިޔާ ސިފައިންގެ އެހީތެރިކަމާ ނުލައި  ދިވެހި ސިފައިން ފުރަތަމަ ފަހަރަށް ގެއްލުނު މީހަކު ހޯދަން ފަށައިފިއެވެ.

އައްޑޫ ސިޓީ، ގަމު ދެކުނު ފަރާތަށް، ރައްޓެހިންނާއެކު އިހި ނަގަން  ގޮސް އުޅެނިކޮށް ގެއްލުނު މަރަދޫ، ކުރެދުމާގެ މުހައްމަދު ނައީޝް (18އ) ހޯދުމުގެ މަސައްކަތް އިންޑިޔާ ސިފައިންގެ އެހީއާ ނުލައި ދިވެހި ސިފައިން މަސައްކަތް ފަށައިފިއެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑިޔާ ސިފައިންގެ އެހީއާ ނުލައި ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް ކުރާ މީ ފުރަތަމަ ފަހަރެވެ.

މަތިންދާ ބޯޓު ބޭނުންކޮށްގެން ނައީޝް ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

މިނިސްޓްރީ އޮފް ޑިފެންސް އިން މައުލޫމާތު ދެއްވި ގޮތުގައި މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ މަތިންދާ ބޯޓެއް، ސިފައިންގެ އެހީއާއެކު ވައިގެ މަގުން އެސަރަހައްދު ބެލުމުގެ މަސައްކަތް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ސ. ގަމުގެ ފުއްޓަރު ފަރާތް ބަލާ ހޯދުމަށް ސިފައިންގެ ޑައިވަރުންގެ ޓީމެއް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ..

މީގެ ކުރިން މިފަދަ އޮޕަރޭޝަންތަކުގައި ބޭނުން ކުރަމުން އަންނަނީ އިންޑިއާގެ ސިފައިން ރާއްޖޭގެ އޮޕަރޭޓް ކުރަމުން އަންނަ ހެލިކްޕްޓަރާއި ޑޯނިއާއެވެ. މި ދެ އުޅަނދު ވެސް އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިންނެވެ. އެހެން ނަމަވެސް ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލަން އުޅޭތީ އިންޑިޔާ ސިފައިންގެ އެހީތެރިކަމާނުލައި މިފަދަ މަސައްކަތް  ކުރަން ސަރުކާރުން މިވަނީ ފަށާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button