ޚަބަރުސިޔާސީ

ރައީސްގެ ސިޔާސަތަށް ޝިޔާމްގެ ތައުރީފް

ދަރަނި އިންތިހާއަށް ބޮޑު މިދަނޑިވަޅުގައި ވެސް ސިޔާސަތުތައް ތަންފީޒު ކުރުމުގައި އަމަލުފުޅުތައް ބަހައްޓަވާ ގޮތުން މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ ތައުރީފުގެ ބަސް ރައީސް ޑރ.މުއިއްޒުއަށް ބަރުތީލަކޮށްފިއެވެ.

ރައީސަށް ތައުރީފްކޮށް ޝިޔާމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ގޯސްވެ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑު މިދަނޑިވަޅުގައި ދައުލަތުން އެންމެ ލޯލާރިއެއް ވެސް ޚަރަދު ނުކުރައްވާ ދައުލަތުލުގެ ނެތްވަރު ބޮޑު އެސެޓެއް އުފެއްދެވުމަކީ ޤައުމުގެ މުސްތަޤުބަލަށް ރައީސް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޝިޔާމު މިހެން ވިދާޅުވީ ކުރީގެ ރައީސް ސޯލިހު އާއި ރައީސް މުއިއްޒުގެ ވެރިކަމުގައި ބިން ހިއްކުމުގައި ހުރި ތަފާތު ފާހަގަ ކުރައްވަމުންނެވެ.

ރަސް މާލެއަކީ ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އޮތް ޖުމްލަ ހައްލު ކަމަށާއި ބިން ހިއްކުމުގައި ރައީސް މުއިއްޒުގެ ސިޔާސަތު ވަރަށް ތަފާތު ކަމަށާއި ރައްޔިތުންގެ އަސާސީ ކަންކަން ފަހިކޮށްދިނުމަކީ ދައުލަތުގެ ކެރިކުޅަދާނަކަން ހުރި މިންވަރަކުން ކުރުމަށް ޤާނޫނު އަސާސީއިން ދަޢުލަތުގެ އެންމެ އިސް ވެރިއަކަށް ހުންނަވާ ފަރާތަކަށް ލާޒިމްކުރާ ކަމެއް ކަމުގައި ޝިޔާމު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން ހިއްކި ބިމުގެ ހެކްޓަރު 100 އަށްވެސް ނާރާއިރު މިސަރުކާރުން 1153 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާކަމަށާއި މިބިން ހިއްކާ މިންވަރުގެ ނިސްބަތުން ކޮންޓްރެކްޓަރަށް ދޭ މިންވަރު ވެސް ކުރީ ސަރުކާރާ އަޅާބަލާއިރު މަދެވެ. އެގޮތުން ކުރީ ސަރުކާރުން 20 ޕަސެންޓު ކޮންޓްރެކްޓަރުންނަށް ދީފައިވާ އިރު މި ސަރުކާރުން ދޭން ނިންމާފައިވަނީ 6.07 ޕަސެންޓެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button