ޚަބަރުސިޔާސީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް ޖެނީވާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް ޖެނީވާއަށް ވަޑައިގެންފިއެވެ.

ނައިބު ރައީސް ޖެނީވާއަށް ވަޑައިގެންނެވީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ، ”ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް“ އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ”ހިއުމަން ރައިޓްސް 75“ ފާހަގަކުރުމުގެ ގޮތުން މި މަހުގެ 11-12 ވަނަ ދުވަހު ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

މި ދަތުރުފުޅުގައި އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ ހިއުމަން ރައިޓްސް 75 ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައާއި މި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ”އިންސާނީ ހައްގުތަކުގެ މުސްތަގުބަލު، ތިމާވެށި އަދި މޫސުން“ މި މައުޟޫތަކަށް ޚާއްސަކޮށް ކުރިއަށްގެންދާ ވަށްމޭޒު ބައްދަލުވުމުގައި ވެސް ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button