ޚަބަރުސިޔާސީ

ޓެސްޓުތަކެއް ނިމެންދެން ޕެނަޑޯލް ބޭނުންކުރުން މަނާކޮށްފި

ރާއްޖޭގައި އާންމު ގޮތެއްގައި ބޭނުންކުރަމުން އަންނަ ޕެނަޑޯލާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މާކެޓުން ސާމްޕަލް ނަގައި، ކުރަމުން އަންނަ ޓެސްޓުތަކަކާ ގުޅިގެން އެ ބޭސް ބޭނުންކުރުން މިވަގުތަށް ހުއްޓައިލުމަށް އެ އޮތޯރިޓީން އަންގައިފިއެވެ.

އެ އޮތޯރިޓީން މިއަދު ބުނީ، ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ’ޕޯސްޓު މާކެޓް ސާވައިލަންސް ޕްލޭން‘ ހަަދައި، މާކެޓުން ސާމްޕަލް ނަގައިގެން ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓުތައް ކުރަމުން އަންނަ ކަމުގައެވެ. އަދި ބޭހުގެ ސާމްޕަލެއް މާކެޓުން ނަގައި، ޓެސްޓުކުރިއިރު، އެ ބޭހުގެ ބައެއް ގުޅަތައް ފުނޑުވާކަމަށް އެ އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައެވެ.

މީގެ ކުރިންވެސް ކެމިކަލް އެކުލިވެގިން ނުވަތަ ކޮލެޓީގެ މައްސަލަތައް ދިމާވެގެން ބޭސް ހުއްޓާލަނ އެމްއެފްޑީއޭއިން އަންގާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button