ޚަބަރުސިޔާސީ

ސްޓެލްކޯގެ މުވައްޒަފުންނަށް އެމްއެންޑީއެފްގެ ތަމްރީނެއް

ސްޓެލްކޯއާއި އެމްއެންޑީއެފް ގުޅިގެން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން  ލީޑަރޝިޕް އެންހޭންސްމަންޓް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ”މީހުން މީހުންނަށް ވަނީ މީހުންނަށް ހެދީމަ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައި ސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާ މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ރައްޔިތުން އެދޭގޮތަށް ހިނިތުންވުމާއި، އޯގާތެރިކަމާއެކު ޚިދުމަތް ދިނުން“ ކަމަށް ވިދާޅުވިއެވެ.

 

ސްޓެލްކޯގެ މަގާމާ ހަވާލު ވުމަށްފަހު ރައީސް މުއިއްޒުގެ ލަފާފުޅާ އިރުޝާދުފުޅުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި ފަހުމީ ވިދާޅުވިއެވެ.

ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވި ސްޓެލްކޯގެ ސަފުތައް ބަދަހި ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

”ރައީސް އެދިވަޑައިގަންނަވާ ފެންވަރާ މިންވަރުގައި ޚިދުމަތް ދިނުމުގެ ރޫހު އާލާވެގެންދާނެ ކަމާމެދު ޝައްކެއްނެތް،“. ފަހުމީ ވިދާޅުވިއެވެ.

މިހާތަނަށް 120 މުވައްޒަފުން ވަނީ ތަމްރީނު ފުރިހަމަ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button