ޚަބަރުސިޔާސީ

އީސީގެ އޮފިޝަލް މަޤާމުން ވަކިކޮށް ލ.ފޮނަދޫގެ ވޯޓުލުން އަލުން ފެށުން!

އިލެކްޝަން ކޮމިޝަން(އީސީ)ގެ އޮފިޝަލް މަޤާމުގެ މަސްއޫލިއްތުން ދުރުކުރުމަށްފަހު ލ.ފޮނަދޫގެ ވޯޓުލުން އަލުން ފަށައިފިއެވެ.

ލ.ފޮނަދޫގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓުލާން ދިއުމުން މީހެއްގެ އަތަށް ދިން ވޯޓު ކަރުދާހެއްގައި އިތުރު ފާހަގައެއް ޖަހާފައި އޮތް މައްސަލައެއް ފެންމަތިވެ އެ ވޯޓު ފޮށީގެ ވޯޓުލުން ވަނީ ހުއްޓުވައިފައެވެ.

މި މައްސަލަ ކުރިމަތިވީ ފޮނަދޫގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓު ދެއްވުމަށް ވަޑައިގެންނެވި އެ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖުގެ ބައްޕާފުޅަށެވެ. އޭނާއަށް ވޯޓުލާން ދިން ކަރުދާހުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒުގެ ނަންފުޅުގެ އެއް ފަރާތުގައި ނޫ ކުލައިގެ ގަލަމަކުން ރޮނގެއް ޖަހާފައި އޮތުމުންނެވެ.
މި މައްސަލަ ކުރިމަތިވީ ފޮނަދޫގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގެ ތެރެއިން ނަންބަރު 3 ވަނަ ފޮށީގައެވެ.
ވޯޓުލުން މެދުކަނޑާލުމަށްފަހު މިހާރު ވަނީ ފަށައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button