ޚަބަރުސިޔާސީ

ބަރުލަމާނީ ނިޒާމުގެ މަސައްކަތަށް ހާއްސަ ކުރި މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވުމުން ކުރިއަށް ނުގެންދެވުނު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތަށް ހާއްސަ ކުރި މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވުމުން ކުރިއަށް ނުގެންދެވުނެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސިޓީގެ މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް، މިއަދުގެ ޖަލްސާގެ ކޯރަމް ހަމަވެފައި ނުވާއިރު ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބް މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން މިދިޔަ ބުދަ ދުވަހު ފާސްކޮށް ބުރާސްފަތި ދުވަހު ވަނީ އީސީއަށް ހުށަހަޅައިފައެވެ.

މިފެށޭ އޮކްޓޯބަރު މަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ނަގަން ޑިމޮކްރެޓްސްއިން ގޮވާލައިފައިވާއިރު، އީސީން ވަނީ އެކަން ކުރިއަށްގެންދިއުމުގައި ސާފުކުރަންޖެހޭ ބައެއް ކަންކަން ސާފު ކުރުމަށް އެދި މަޖިލީހަށް އަލުން އެ މައްސަލަ ފޮނުވާފަ އެވެ. އީސީން މީގެ ކުރިން ބުނި ގޮތުގައި، ނިޒާމީ ވޯޓަކަށް އެ އިދާރާ ތައްޔާރު ނަމަވެސް ބަޖެޓްގެ ދަތިކަން އުޅެއެވެ.

މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވީ ދެ މެންބަރުން މަދުވެގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button