ޚަބަރުސިޔާސީ

ފުށިދިއްގަރުފަޅު ތަރައްގީ ކުރުމަށް މަދުވެގެން 700 މިލިއަން ޑޮލަރު!

ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ މަސައްކަތަށް މަދުވެގެން ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރު ކޮންޓްރެކްޓަރުގެ އަތުން ހަރަދުކުރަންޖެހޭނެ ކަމަށް ލަފާކުރެއްވޭކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މުއްތަލިބު ވިދާޅުވީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ނުޖެހުނު ނަމަވެސް އެތަން ތަރައްގީ ކުރެވޭނީ ކޮންޓްރެކްޓަރުގެ އަތުން 500 ނުވަތަ 700 ވަރަކަށް މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

އަދި އެއީ ކުޑަ ހަރަދަކަށް ނުވާނެކަމަށާއި އެތަނުގެ ފުން މިނާއި ހިއްކާ ތަނާއި ވެލި ބޭނުންވާ އަދަދާއި ވެލި ނަގާ ސަރަހައްދަށް ބަލާފައި އެކަމަށް ހިނގާނެ އަގެއް އަންދާޒާ ކުރެވިދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ސަރުކާރުން އެއްވެސް ހަރަދެއް ކުރަންނުޖެހޭނެކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކޮމްޕެނީ އިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button