އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒުއިބްރާހީމް ދޯނި ބަންނަނީ ކޮންތަނަކުން ހޯދި ފައިސާއިންތޯ ސުވާލު ކުރުމުން އެއީ އެހެން ބަޔަކާ ބެހޭ ކަމެއް ނޫން ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.
ނިޔާޒު މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަމުންދާ ވައްކަން ނުފެންނަނީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ނެވެ.
ކުއްލިއަކަށް ނުހައްގު މުއްސަނދިކަމެއް ލިބުނީ ކީއްވެތޯ އާއި ނިޔާޒު އެމްޑީޕީން މަންފާ ހޯއްދަވަނީތޯ އާއި، އެ ކަންކަމަށް ޖަވާބުދާރީ ނުވަނީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ މީހަކު އައިސް ކުރާ ސުވާލަށް ޖަވާބުދޭން ނުޖެހޭ ކަމުގައެވެ.
ނިޔާޒަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ އެންމެ ގަދައަށް ދެއްކެވި އެއް ބޭފުޅާއެވެ. ބައެއް ނޫސްވެރިން ތުހުމަތު ކުރާގޮތުގައި ނިޔާޒަކީ އެ ހިޔާނާތުގެ ވާހަކަ ދައްކަވައިގެން ނާޖާއިޒު ފައިދާ ހޯއްދެވި ބޭފުޅެކެވެ.
Aharumen Niyaazu aa suvaalu kureema bunee, dhdoani baana hithaa behey mauloomaathu dhinin kamah mulhinves rayyithun nah thiolhuvaalaniyye, noosverikamey dhahgohorey kiyaafa