ޚަބަރުސިޔާސީ

މި އަހަރުގެ ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު ދަރަނީގެ ހިސާބުތައް ސަރުކާރުން ހާމަނުކުރޭ!

މި އަހަރުގެ ފާއިތުވި ކުއާޓާތަކުގެ ދަރަނީގެ ހިސާބުތަކުގެ ތަފުސީލު ފިނޭންސް މިނިސްޓްރީން ހާމަނުކުރިއެވެ.

ކޮންމެ ކުއާޓާއެއް ނިމުމުން އެ ކުއާޓާއެއްގައި ދަރަންޏަށް އައި ބަދަލުތަކުގެ ތަފުސީލުތައް ފިނޭންސް މިނިސްޓްރީން ހާމަކުރި ނަމަވެސް މި އަހަރުގެ ފާއިތުވި ކުއާޓާތަކުގެ ދަރަނީގެ ހިސާބުތައްހާމަކޮށްފައިނުވެއެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގެ ދަރަނީގެ ހިސާބުތަކަށް ބަލާއިރު އެންމެ ފަހުން އެ ވުޒާރާއިން އާންމުކޮށްފައިވަނީ ނިމުނު އަހަރުގެ ދަރަނީގެ ހިސާބުތަކެވެ.

މި އަހަރުގެ ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު އެ ކުއާޓާތަކުގައި ދައުލަތުގެ ދަރަންޏަށް އިތުރުވި މިންވަރުގެ ތަފުސީލުތައް ސަރުކާރުން ސިއްރުކޮށް ހާމަނުކުރީ، ދައުލަތުގެ ބަޖެޓުގެ ޑެފިސިޓުވަނީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބޮޑުވެފައިވާތީ ކަމަށް ބެލެވެއެވެ.

ނިމުނު އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 107.77 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއިން 48.78 ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަންޏެވެ. އެތެރޭގެ ދަރަނީގެ ގޮތުގައި ހިސާބުކޮށްފައިވަނީ 58.99 ބިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނިވަނީ 113 އިންސައްތައަށް އަރާފައެވެ. 2021 ވަނަ އަހަރުގައި އެ ނިސްބަތް ހުރީ 114 އިންސައްތައިގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button