ޚަބަރު

އަމީނީ މަގު އަލުން ހުޅުވައިފި

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ތާރުއަޅައި މަސައްކަތް އެއްކޮށް ނިންމައި މުޅި މަގު އަލުން ހުޅުވާލައިފިއެވެ.

ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަމީނީ މަގުގެ ސެގްމަންޓް 12 އަދި 13 ގެ މަސައްކަތް ނިންމައި މިހާރު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫ އަކީ ދައުލަތުން 84 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް މަސައްކަތް ނިންމަން އަމާޒު ހިފައި ކުރީ ސަރުކާރުން އެ މަސައްކަތް ފެށީ 3، 2022 ގައެވެ.

އެ މަޝްރޫއުގެ ދަށުން 13 ސެގްމެންޓަކަށް ބަހާލައިގެން 1.7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި، މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު އަމީނީ މަގުގެ މަސައްކަތް ނިމުނީ 11 ސެގްމެންޓާ ހަމައަށެވެ. ކުރީ ސަރުކާރުގައި މަސައްކަތް ޝެޑިއުލަށްވުރެ ލަސްވެ އަމީނީމަގާއި އިއްޒުއްދީނު މަގާ ގުޅޭ ހިސާބަށް ތާރުއެޅުމަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެ މަސައްކަތް އޮތީ މެދުކަނޑާލާފައެވެ.

އާ ސަރުކާރުން މިދިޔަ ޑިސެމްބަރު މަހު އެ މަސައްކަތް އަލުން ފަށައި، ނުނިމި ބާކީ އޮތް ބައިގައި އެއްކޮށް ތާރު އެޅުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button