ޚަބަރު

ބިންވެރިޔާ ސްކީމުގެ އެއްބަސްވުންތައް ނޮޓަރައިޒް ކޮށްދޭނެ ފަރާތެއް ހޯދަނީ

މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްއިން ހިންގި ބިންވެރިޔާ ސްކީމުގެ އެއްބަސްވުންތައް ނޮޓަރައިޒް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

މިނިސްޓްރީން ބުނެފައިވަނީ މި މަސައްކަތް ގެޒެޓްކޮށްފައިވާ އިއުލާނުގައި ”ޓީއޯއާރް“ ފައިލް އެޓޭޗްކޮށްފައިވާ ކަމަށާއި އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށެވެ.

ބީލަން ހުށަހަޅަން ހުޅުވާލާފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހުގެ ގެ މެންދުރު 13:00 ހަމަޔަށެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެ ކަމަށް އިއުލާނުގައި ވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓު އާންމުކުރީ ހުސްވި އަހަރުގެ ޖޫން މަހުއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން އިޢުލާނުކުރި ލިސްޓުގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button