ޚަބަރު

އިންޑިއާ ސިފައިން ފޭބުމަށްފަހު އުޅަނދުތަކާ ހަވާލުވާ އެގައުމުގެ 26 ސިވިލިއަނުން ރާއްޖެ އައިސްފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އޮޕަރޭޓް ކުރަމުން އައި ވައިގެ އުޅަނދުތައް އޮޕަރޭޓް ކުރަން އެ ގައުމުގެ 26 ސިވިލިއަނުން މިހާރު ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ޑިފެންސް އަދި އެހެނިހެން ކަމާބެހޭ އިދާރާތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފަރާތުން ވާހަކަދައްކަވަމުން ކާނަލް އަހްމަދު މުޖުތަބާ ވިދާޅުވިގޮތުގައި އެ އުޅަނދުތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ 26 ސިވިލިއަނުން މިހާރު ތިބީ އައްޑޫ ސިޓީގައެވެ.
އައްޑޫގައި ތިބި އިންޑިއާގެ ސިފައިން، ރާއްޖޭގައި އޮތް އެ ގައުމުގެ ހެލިކޮޕްޓަރާއެކު 10 މެއިގެ ކުރިން ފުރާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްތަށް ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ޑެޑްލައިނަކީވެސަ މެއި10 އެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button