ޚަބަރު

ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން %59 މީހުންގެ ޝަރުތު ހަމަނުވޭ: އޭސީސީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ފްލެޓުތަކުގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން %59 މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ބުނެފިއެވެ.

އޭސީސީން  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި, ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ކުރި ތަހުގީގުގެ ރިޕޯޓް ނޫސްވެރިންނަށް ހާމަކުރަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބިފައިވާ މީހުންގެ %59 އަކީ ޝަރުތު ހަމަނުވާ މީހުން ކަމަށާއި, އެފޯމްތަކާއި ގުޅިގެން ނިންމުން ނިންމާނީ ހައުސިންގ މިނިސްޓްރީން ކަމަށެވެ.

 

އޭސީސީން ވަނީ ފްލެޓް ލިބުނު މީހުންގެ ލިސްޓާއި ބެހޭގޮތުން އޭސީސީން ކުރި ތަޙުޤީޤު ރިޕޯޓުގައި ފާހަގަވާ ކަންކަން ހުށައަޅާ ހިއްސާކޮށްފައެވެ. އޭސީސީން ހާމަކުރި ބައެއް ކަންކަން;

  • ފްލެޓާ ގުޅޭގޮތުން ކުރި ތަހުގީގުގައި ޖުމްލަ 4048 ފޯމް ޗެކްކުރެވުނު
  • 59% ފޯމް ޝަރުތު ފުރިހަމަ ނުވާކަމަށް ފެނުނު.
  • ޝަރުތު ހަމަވި ނަމަވެސް، މައްސަލަހުރީ %19.7 ފޯމްގައި
  • އެއްވެސް މައްސަލައެއް ނޫޅެނީ %20.7 ފޯމްގައި

 

އޭސީސީން އިތުރަށް ބުނެފައިވަނީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާ ކަމަށާއި ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުން ހުށަހެޅުމުގެ އިތުރުން ޕޮއިންޓް ދިނުމުގައި އުސޫލާ ހިލާފަށް އިތުރަށް ޕޮއިންޓް ދީފައިވާކަން އެ ކޮމިޝަަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

 

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފުލެޓްތަކުގެ ތެރެއިން 4،000 މީހުންގެ ލިސްޓް އާންމު ކުރުމާއެކު ގިނަ ބަޔަކު ޝަކުވާ ހުށަހެޅުމުން އޭސީސީން ވަނީ ފްލެޓް ދިނުމުގެ މަސައްކަތް ހުއްޓުވާފައެވެ. ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށްފަހު އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފްލެޓްތައް ދޫކުރުން ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button