ޚަބަރުސިޔާސީ

ވިލިމާލޭ މޫދަށް އެރޭ ސަރަޙައްދާ މެދު ކުރި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު

ވިލިމާލޭގައި މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކޮށްދެއްވާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެއްޓެވި ސިލްސިލާ ”ރައީސްގެ ޖަވާބު“ގައި ވިލިމާލޭ މޫދަށް އެރޭ ސަރަހައްދަށް ގެންނަން ފެންނަ ބައެއް ބަދަލުތަކާއި ގުޅޭގޮތުން މަޝްހޫރު ފީނުންތެރިޔާ، ނ.ކުޑަފަރީ، ލަކީކޯނަރ، ޒޫނާ ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މޫދަށް އެރުމަށް ވިލިމާލޭގައި އޮންނަ ހާއްސަ ސަރަހަށްދު ހިމާޔަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި މި ސަރުކާރުން އެކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ މި ސަރުކާރުން ޒޫނާގެ ތި ރިކުއެސްޓް އަދި ވަރަށް ގިނަ މީހުންނަށް އޭގެ ފައިދާ ވާނެ ކަމެއް ކަމުގައިވާތީވެ، އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ނިންމާފައިވާ ކަމެއް ވީމަ ޒޫނާ ތިޔަ ރިކުއެސްޓް ކުރި ގޮތަށް އެކަން ހަމަޖެހިގެން ދާނެ“ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހިންނަށް ޓްރެއިނިން ދިނުމަށް ބޭނުންވާ ތަންތަން ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން ވިލިމާލޭގައި ވެސް ހަމަޖައްސާ ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޖަވާބު
2 ފެބުރުވަރީ 2024

Leave a Reply

Your email address will not be published. Required fields are marked *

Back to top button