ޚަބަރުސިޔާސީ

ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިނުވާ 3 ވަޒީރުން ރައީސުލްޖުމްހޫރިއްޔާ އަލުން އައްޔަންކޮށްފައިވާތީ މަޖިލީހުން ގަރާރެއް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިނުވާ 3 މެންބަރުން ރައީސުލްޖުމްހޫރިއްޔާ އަލުން އައްޔަންކޮށްފައިވާތީ މަޖިލީހުން ގަރާރެއް ހުށައަޅައިފިއެވެ.

މި ގަރާރު ހުށައަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ.

 

މި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުން ވަޒީރުންގެ މަޖިލީހަށް އަލުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާތީ، އެއީ ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށް ދިވެހި ރައްޔިތުން ކުރާ އިތުބާރު ނެތިގެންދާނެ ފަދަ، އުނދަގޫ ހާލަތަކަށް ހިނގައިދާނެ ފަދަ ކަމެއް ކަމުގައި ވަނީ ބަޔާންކޮށްފައެވެ.

 

މި ގަރާރު ނިންމާލަމުން ބަޔާންކޮށްފައިވަނީ، ދިވެހި ޤައުމުގެ މަސްލަހަތު އިސްކޮށްދެއްވައި، މިކަމާމެދު އަލުން ވިސްނާވަޑައިގެން، ޤާނޫނު އަސާސީއަށް އިހުތިރާމުކުރައްވައި، ޤާނޫނު އަސާސީއާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅާކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button