ޚަބަރު

ވެލައްސަރު ރިސޯޓު ކައިރިން މަރުވެފައި އޮތް ދިވެއްސެއް ފެނިއްޖެ

ވެލައްސަރު ރިސޯޓު ކައިރިން ކަނޑުމަތިން، މަރުވެފައި އޮތް ދިވެއްސެއް  ފެނިއްޖެއެވެ.

ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 9:11ގައެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައިވަނީ ކ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް، މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަަށެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button