ޚަބަރުސިޔާސީ

މުސާރަ ބޮޑުކުރަނީ ވޯޓް ހޯދަން،އެފަދަ ދަޅަތަކަށް ނުހެއްލޭތި: އިދިކޮޅު

މި ސަރުކާރުން މުވައްޒަފުންގެ މުސާރަ ބޮޑު ކުރަމުން ދަނީ ވޯޓް ހޯދުމުގެ ބޭނުމުގައި ކަމަށާއި އެކަމަށް ނުހެއްލުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީން ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

އިދިކޮޅުން މިހެން ބުނެފައި ވަނީ އެމްއޭސީއެލްގެ މުވައްޒަފުންނަށް ކޮވިޑާ ގުޅިގެން ޑޮލަރުން މުސާރަ ދިނުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މުސަރައިގެ %50 ޑޮލަރުން ދޭ ގޮތަށް އިއްޔެ ނިންމުމާއި ގުޅިގެންނެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ސްޕޯކްސްޕާސަން މިއަދު އެ ކޯލިޝަން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނިންމުންތަކަށް ވަނީ ފާޑުކިޔާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ތޮލާލް އިތުރަށް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ނިންމާ ނިންމުންތަކަށް އެ ޕާޓީން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް މުސާރަ ބޮޑު ކުރުމަށް ނިންމެވި ނިންމުން އެއީ ރައްޔިތުންގެ ވޯޓް އިތުރަށް ލިބޭނެތޯ ކުރެއްވި ކަމެއް ކަމަށެވެ. އަދި އިންތިހާބު ނިމުމާ އެކު ސަރުކާރުން ކުރިން ހުރި ގޮތަށް އެ ގެނައި ބަދަލުތައް ބަދަލުކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވެސް ތޮލާލް ވަނީ ވިދާޅުވި އެވެ.

”މިހާރު އަޅުގަނޑުމެން އިވެމުންދާ އަޑެއް މިއީ، ސަރުކާރުން ކުއްޔަށް ދީފައިވާ ހުރިހާ ފްލެޓްތަކެއް ކުލި ކަނޑާލަން އުޅޭ ކަމަށް ވެސް. އެހެން ނަމަވެސް އެއީ، ހަގީގަތެއް ނޫން”ތޮލާލް ވިދާޅުވި އެވެ. 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button