ޚަބަރުސިޔާސީ

ދާއިރާގަައި ފެން ބޮޑުވެ، ގެއްލުންވި އާއިލާތަކަށް ކައުންސިލް ލެވެލްގައި އިބުޓީގެ މެދުކެނޑުމެއް ނެތް ހިދުމަތް!

2024ގެ ރައްޔިތުން މަޖިލިސް އިންތިހާބުގައި، ގަލޮޅު ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާ އިބްރާހިމް މުޙައްމަދު، ގ.ގްރީންބީންސް (އިބުޓީ)އަކީ ގަލޮޅު ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ރައީސް އަދި ހަމަ އެދާއިރާގެ ރައީސެވެ.

މިހާރު ރާއްޖެއަށް ކުރަންމުންދާ ވިއްސާރައިގެ ސަބަބުން ދާއިރާގެ ގެތަކަށް ފެން ވަދެ ގެއްލުންވެފައި ވާތީ ސިޓީ ކައުންސިލް މެދުވެރިކޮށް އެކަން ހައްލުކުރުމުގެ މަސައްކަތުގައި އިބުޓީ ވަނީ ބުރަ މަސައްކަތްތައް ކޮށްފައެވެ.

 

ދާއިރާގެ ގޭގެއަށް ވަދެ ރައްޔިތުންގެ ހާލު ބަލައި ދިމާވެފައިވާ ދަތި ހާލަތުގައި އިބުޓީ ދިޔައީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިހާރު ކުރަންމުންދާ ވިއްސާރައިގައި ގަލޮޅު ދެކުނު ދާއިރާގެ ގެއްލުންވި އާއިލާތަކަށް ކައުންސިލް ލެވެލްގައި އިބުޓީގެ މެދުކެނޑުމެއް ނެތް ހިދުމަތް ދަނީ ފާހަގަވަމުންނެވެ. ދާއިރާގެ ރައްޔިތުންގެ ތާއީދާއި ލޯބި ވަނީ އިބުޓީއާއެކު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button