ޚަބަރު

އެންސްޕާގެ ބަޖެޓު ހުސްވުމުން މިހާތަނަށް އިތުރު 198 މިލިއަން ހަރަދުކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަށް ކަނޑައެޅި މި އަހަރުގެ ބަޖެޓު ހުސްވުމުން މިހާތަނަށް އިތުރަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

މިއަހަރަށް އެންސްޕާއަށް ކަނޑައަޅާފައިވަނީ 1920.3 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު 28ގެ ނިޔަލަށް އެންސްޕާއިން ވަނީ 2118.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފަހަކަށް އައިސް އެންސްޕާއިން ވަނީ ދުވާލެއްގެ މައްޗަށް މިލިއަނުން ހަރަދުކޮށްފައެވެ. ކަން މިހެން ހުރުމުން އަހަރު ނިމޭއިރު އެންސްޕާއަށް ކަނޑައެޅި ބަޖެޓު އިތުރަށް 2 ބިލިއަނަށް އެރުން ގާތެވެ.
އެންސްޕާއިން އާންމުކޮށް ހަރަދު ކުރަނީ ރާއްޖެއިން ބޭރަށް ބޭހަށް ފުރާ ފަރާތްތަކަށް ޓިކެޓާއި ފައިސާ ދިނުމާއި ރާއްޖޭގައި ވެސް ހާލު ބޮޑު ފަރާތްތަކަށް އާސަންދައިގެ ބޭރުން ކުރަންޖެހޭ ހަރަދުތައް ކުރުމެއެވެ. އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ މީހުންނަށް ހަރަދު ކުރެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އިންތިހާބުތަކާއި ދިމާކޮށް ސަރުކާރުން އެންސްޕާ މެދުވެރިކޮށް ގަވާއިދާއި ހިލާފަށް އުސޫލުތަކުގެ ބޭރުން އެކި ކަންކަމަށް ހަރަދުތައް ކުރަމުންދާކަމުގެ ވާހަކަތައް ފެންމަތިވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button