
އިޒްރޭލު ސިފައިން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 1800ށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ފަލަސްތީނުގެ ގާޒާއިން މަރުވި މީހުންގެ އަދަދު 1799 އަށް އަރާފައިވާއިރު ހުޅަނގު އައްސޭރީގައި އިޒްރޭލު ރައްޔިތުން ވަޒަންވެރި ކޮށްފައިވާ ސަރަހައްދުންވެސް ފަލަސްތީނުގެ 44 މީހަކު ވަނީ މަރުވެފައެވެ.
ހަމާސްއިން ވެސް އަދިވެސް މަދުން ނަމަވެސް އިޒްރޭލަށް ހަމަލާތައް ދެމުން އަންނައިރު އަދި ލުބުނާނު ފަޅިންވެސް ކޮންމެވެސް ވަރަކަށް އިޒްރޭލަށް ހަމަލާތައް ދެމުން އަންނައިރު އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1300 އަށް އަރާފައެވެ.
ފަލަސްތީނުގެ 7000ށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވާއިރު، އިޒްރޭލުން 3400 މީހުން ވަނީ ޒަހަމްވެފައެވެ.