ޚަބަރު

ސިނަމާލެ ބުރިޖުގައި ގަވާއިދާ ހިލާފަށް ދުއްވާ މީހުންނަށް ނަސޭހަތުގެ މެސެޖެއް!

ސިނަމާލެ ބުރިޖުގައި ގަވާއިދާ ހިލާފަށް ދުއްވާ މީހުންނަށް ނަސޭހަތުގެ މެސެޖެއް، އަންނަ އާދިއްތަ ދުވަހުން ފެށިގެން ފޮނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މަގުމަތީގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިނަމާލެ ބްރިޖުގައި ދުއްވަން ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ، އަދި އުޅަނދެއް ދުއްވި ބާރުމިން އެނގޭ ގޮތަށް އެއުޅަނދެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ފޯނަށް 15 އޮކްޓޫބަރު 2023 ވަނަ ދުވަހުން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އުޅަނދު ދުއްވި ބާރުމިން އަދި ލޭން ބަދަލުކުރިކަން ދެނެގަންނާނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމެރާތައް މެދުވެރިކޮށް ކަމަށް ވެސް ބުނެފައިވެއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް އުޅަނދު ނުދުއްވުމަށް ވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެ، އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button