ޚަބަރު
އައްޑޫ ސިޓީގައި މޫދަށް އެރި އުޅުނު ޒުވާނަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީގައި މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނާއިޝް، 18, ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
އޭނާ ގެއްލިފައިވަނީ އައްޑޫ ގަމުގެ ދެކުނު ފަރާތަށް މަސް ހިފަން އެރި އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ރާއްޖޭގެ އެންމެ ދެކުނުގައި ގަން އޮންނަ އިރު އޭގެ ދެކުނުން ދެން އޮންނަނީ މާ ކަނޑެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި މައްސަލަަ އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ރޭ 10:10 ގައެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އެމްއެންޑީއެފުން އަދި ދީފައެއް ނުވެއެވެ.