ޚަބަރު

ހިޔާ ފުލެޓުގެ ޓަވަރުތަކަށް ގޭސް ހޮޅި އެޅުމުގެ މަސައްކަތް ކުރަން ނިންމާފި

ހިޔާ ފުލެޓުގެ ޓަވަރުތަކަށް ރައްކާތެރި ނިޒާމެއްގެ ދަށުން ގޭސް ހޮޅި އެޅުމުގެ މަސައްކަތް ކުރަން ނިންމާފައިވާކަމަށް މޯލްޑިވް ގޭސްގެ އައު މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި، ގޭސްހޮޅި އެޅުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ރައްކާތެރި ނިޒާމެއްގެ ދަށުން އެކަން ކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާއި ދިމާވާނެ ދަތިތަކެއް ހުރިކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ޓަވަރުތަކުގައި ގޭސްހޮޅި އެޅުމަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅުގައި ވާކަމެއް ކަމަށާއި ގޭސްހޮޅި އެޅުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މަޝްވަރާ ކުރެވެމުން ދާކަމަށް ވެސް އަބްދުﷲ ވިދާޅުވިއެވެ.

ގޭސް ހޮޅި އެޅުމަކީ މިހާރު ރާއްޖޭގެ ކޮންމެ ގެއެއްގައި ގޭސް ފުޅިއެއް ވަކިން ބަހައްޓައިގެން ގެންގުޅުމަށްވުރެއް ރައްކާތެރި ގޮތެއް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މިކަމާމެދު ރައްޔިތުންގެ މެދުގައި ފާޑުކިޔުންތައް އަމާޒުވަމުން ދާ ކަމުގައި ވެސް ވިދާޅުވިއެވެ.

އެގޮތުން ދެން އުފެދޭ ކަންބޮޑުވުމަކީ ހޮޅީގައި ދިމާވެދާނެ މައްސަލަތަކެވެ. އެއް އެޕާޓްމަންޓުގެ ހޮޅީގައި ޖެހޭ މައްސަލައެއް، ޖެހިގެން ހުންނަ އެޕާޓްމަންޓަށް އޭގެ އަސަރެއް ނުކުރާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ފޮރުވިގެން ކުރެވޭ ކަމެއް ކަމުގައި އެކަން ނުކުރާނެ ކަމަށާއި، ގޭހުގެ އަގު ނެގުމުގައި ފާޅުކަން ބޮޑުކޮށް މީޓަރު ބޭނުންކުރަމުން ދާނެކަމަށް އަބްދުﷲ ވިދާޅުވިއެވެ.

ގޭސް ހޮޅި އެޅުމުގެ މަޝްރޫއަށް ދިމާވެދާނެ އެއް ދަތިކަމަކީ ޓަވަރުތައް ފަރުމާކޮށްފައިވާ ޑިޒައިންކަމަށާ މިހާރުގެ ޓަވަރުތައް ޑިޒައިން ކޮށްފައިހުރީ ގޭސްހޮޅި އެޅުމަށް ވިސްނާފައި ނޫން ކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ. ނަމަވެސް، މިކަމުގައި ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް އެކަމަށް އެންމެ އެކަޝޭނެ އުސޫލުތައް ގާއިމް ކުރުމަށް މަޝްވަރާ ކުރަމުން ދާކަމަށް އަބްދުﷲ މަޢުލޫމާތު ދެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button