ޚަބަރުސިޔާސީ

މަޖިލީހުގެ މެޖޯރިޓީ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

ޕީޕީއެމް ޕީއެންސީއިން 2024 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ދެ ޕާޓީ ގުޅިގެން ކުރެވޭ މަސައްކަތްތައް މުޅި ރާއްޖޭގައި ގައުމީ ވިސްނުމެއްގެ މަތިން ކުރެވިގެންދާނެކަމަށެވެ. އަދި އަކަމުގެ ސަބަބުން ކުރިއަށް އޮތް އިންތިހާބުގައި ސުޕަރމެޖޯރިޓީ އާއި ހިސާބަށް ވާސިލު ވެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

”ގޮންޖެހުންތައް އެބަހުރި. އެހެން ނަމަވެސް އެއީވެސް ކުރިއެރުމަށް ލިބިގެންދާ ހިތްވަރަކަށް ވާން ވާނެ. ޕީއެންސީއަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޖާގަ ތަނަވަސް އޮފީހެއް ލިބުމާއިމެދު ޝުކުރުވެރިވަން.“ އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ތިބީ ސަރުކާރާއި އެކު ކަމަށާއި އެ އަމާޒަށް ވާސިލު ވެވޭނެކަމުގެ ޔަގީންކަން އެބައޮތްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދާނެ ކަމަށެވެ. އަދި ގައުމަށް ބޭނުންވާ ހެޔޮ ބަދަލު ގެނެވެން އޮތީ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެވިގެންކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button