ޚަބަރުސިޔާސީ

އިމިގްރޭޝަން ކޮންޓްރޯލާ މަގާމަށް ޝައްމާން އައްޔަންކޮށްފި

އިމިގްރޭޝަން ކޮންޓްރޯލާ މަގާމަށް މުހައްމަދު ޝައްމާން އައްޔަން ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި މި މަގާމަށް ޝައްމާން އައްޔަން ކުރައްވާ މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އިމިގްރޭޝަން ކޮންޓްރޯލާ ކަމުގެ މަގާމުގައި ކުރިން ހުންނެވީ މުހައްމަދު އަހުމަދު (ހަނަފީ)އެވެ.

ޝައްމާން ވަނީ އިމިގްރޭޝަނުގެ މަގާމެއްގައި ހުންނަވަނިކޮށް، ނިމިދިޔަ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައެވެ. އެއީ 2021 ވަނަ އަހަރު ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރުމަށް ގާއިމްކުރި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ވޮލެންޓިއާ ކުރުމަށް ދެކޮޅު ހެދި ކަމަށް ބުނެއެވެ. ނަމަވެސް ފަހުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ އަށް އަނބުރާ ވަޒީފާ ދިނުމަށް ހުކުމްކޮށްފައެވެ.

ހުކުމުގައި ވަނީ ޝައްމާންގެ ވަޒީފާ އަނބުރާ ރުޖޫއަކޮށްދިނުމަށާއި، ވަޒީފާ އިން ވަކިކޮށްފައި ހުރި 11 މަސްދުވަހުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button