ޚަބަރުސިޔާސީ

ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ލަތީފް ވާދަކުރަނީ!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މީޑިއާގެ ގިނަ ކަންތައްތަކާއި ހަވާލުވެ ހުންނެވި ކުރީގެ މަޝްހޫރު ފިލްމީ ތަރި އަހުމަދު ލަތީފް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

ލަތީފަކީ ޑީއާރުޕީ ޒަމާނުއްސުރެން ފެށިގެން އެންމެ ފުރަތަމަ ޕީޕީއެމް އުފައްދި 100 މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އޭނާ ވަނީ ޕީޕީއެމަށް އެތައް ސަތޭކަ ލަވައެއް އަމިއްލައަށް ކިޔައި ރެކޯޑު ކޮށްދެއްވާފައެވެ. އެކަމުގެ ސަބަބުން ޕީޕީއެމް އެންމެ ހާލުގައި އޮތް ވޭތުވެދިޔަ 5 އަހަރު ޕާޓީގެ ރޫހު ވަރަށް ބޮޑަށް އާލާވެގެންދިޔައެވެ.

ލަތީފްގެ ޕްރޮޑަކްޝަންގެ ދަށުން ދައުލަތަށާއި އޭނާ ނިސްބަތްވާ ޕީޕީއެމަށް ގިނަ ކޮންޓެންޓުތަކެއް އުފައްދައިދެއްވިއިރު، އެ ހުރިހާ ކޮންޓެންޓުތައް އެޑިޓްކޮށް ޑަބިން ހެދީވެސް އޭނާ އަމިއްލައަށެވެ.

މަޖިލިސް އިންތިހާބުގައި ލަތީފް ވާދަކުރެއްވުމަށް ނިންމެވީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގު އަށާއި، ޕާޓީއަށް އިހްލާސްތެރި ހިދުމަތްތަކެއް މަޖިލީހުގައި އިންނަވައިގެން ކުރެއްވިދާނެ ކަމުގެ ޔަގީންކަން އޮތުމުންކަން އޭނާ ފާހަގަކުރައްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button