ރިޕޯޓް

ރައީސް އިބްރާހީމް ވީ ނަސްރުގެ ދުވަހަށް އިހުމާލު!

ނަސްރުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ 3 ނޮވެންބަރުގައެވެ. އެއީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހި ޚާއިނުންގެ ބަޔަކާއި ލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކުން ދިވެހިރާއްޖެ ސަލާމަތްވުމާއި، އެ ދުވަހު ގައުމަށް ޓަކައި ލޭއޮހޮރުވާލައި ޝަހީދުވެ ދިޔަ ދިވެހި ދަރީންގެ ހަނދާނުގައި ފާހަގަކުރާ ދުވަހެކެވެ.

ރައީސް އިބްރާހީމްގެ ވެރިކަމުގައި ނަސްރުގެ ދުވަހަކީ ރަސްމީކޮށް ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، ވަރަށް ދަށް ފަންތިއެއްގައި ހަމަޖައްސާފައިވާ ދުވަހެކެވެ. ކުލަ ގަދަކޮށް ފާހަގަ ކުރަންޖެހޭނެ ދުވަހެއް ނަމަވެސް އެ ބީ ކެޓަގަރީގެ ދުވަހެއްކަމަށް ނިންމާ ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން އެ ދުވަސް ފާހަގަކުރަމުން ދިޔަ ވަގުތު ވެސް ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ.

އަދި ކިއެއްތަ، ނަސްރުގެ ދުވަހުގެ ރަސްމީ ލަވައަށް ވެސް ބަދަލުތައް ގެނެސް، ދައުލަތުގެ މީޑިއާ ޓީވީ ޗެނަލްތަކުން ލަވަ ފޮނުވުމުގެ ކުރިން ލަވަ އެޑިޓުކޮށް އެއިން އެއް ކަޑި އުނިކޮށްފައި ފޮނުވުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި އެއްވެސް ކުލަގަދަ ހަރަކާތެއް ރައީސް އިބްރާހީމްގެ ވެރިކަމުގައި ބާއްވާފައެއް ނުވެއެވެ.

އަދުގެ އިންތިހާބީ ރައީސް ޑރ.މުޢިއްޒު ވަނީ ނަސްރުގެ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް ފޮނުވުމާއެކު، އެ ދުވަހުގެ ޛިކުރާ އައު ކޮށް، އެ ދުވަހާ ގުޅޭ މައުލޫމާތުތައް، ޚާއްޞަކޮށް ޒުވާނުންނަށް، ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ފުރިހަމައަށް ދީ އެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރާނެކަމަށް ވިދާޅުވިއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button