އައު ސަރުކާރުން ނަސްރުގެ ދުވަހުގެ ޒިކުރާ އައު ކުރާނެ: އިންތިހާބީ ރައީސް
ނަސްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
35 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކުބާދީ ފޮނުއްވައި ޑރ.މުޢިއްޒު ކުރެއްވި ޓުވީޓުގައި ވަނީ ދުވަހުގެ ހެޔޮ ދުޢާއާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ނަސްެރުގެ ދުވަހުގެ ހެޔޮ ދުޢާއާއި ތަހްނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން! ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް… pic.twitter.com/ErFNhbBJfH
— Dr Mohamed Muizzu (@MMuizzu) November 3, 2023
ނަސްރުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ 3 ނޮވެންބަރުގައެވެ. އެއީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހި ޚާއިނުންގެ ބަޔަކާއި ލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކުން ދިވެހިރާއްޖެ ސަލާމަތްވުމާއި، އެ ދުވަހު ގައުމަށް ޓަކައި ލޭއޮހޮރުވާލައި ޝަހީދުވެ ދިޔަ ދިވެހި ދަރީންގެ ހަނދާނުގައި ފާހަގަކުރާ ދުވަހެކެވެ.