ޚަބަރުސިޔާސީ

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ އިންތިޒާމު އަތޮޅުތެރޭގައި ހަމަޖައްސައިދެވޭނެ: ޑރ. މުއިއްޒު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭނެ އިންތިޒާމު އަތޮޅުތެރޭގައި ހަމަޖައްސަވައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ބ.ކަމަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރާތްތަކަށް އެންމެ އިސްކަންދެއްވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އާއިލާތަކަށް ކަމަށާއި، ނަމަވެސް މިހާރު އެކަން ބަދަލުވެއްޖެ ކަމަށެވެ.

އޭރު އާއިލާތައް އުޅުނީ ވަރަށް އުފަލުގައި ކަމަށާއި، އެގޮތުން އެތައް ހާސް ވަޒީފާއެއް އެ ކުދިންނަށްޓަކައި އެ ފަރާތްތަކަށް ހަމަޖައްސައިދެއްވި ކަން ޑރ. މުއިއްޒު ވަނީ ފާހަގަކުރައްވައިފައެވެ. އަދި މި މުޖުތަމައުއަކީ “އޯލް އިންކްލޫސިވް ސޮސައިޓީ“ އަކަށް ހަގީގަތުގައި ވެސް ހަދައިދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސްކޫލުތައް ރާއްޖޭގައި ވަރަށް މަދު ކަމަށާއި މާލޭގައި ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް އެ ސްކޫލުތަކުގައި ޚިދުމަތް ދިނުމުގައި ގޮންޖެހުންތައް ހުރިކަމަށް އެ ތަންތަނުގެ އިސް ވެރިން ވިދާޅުވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި މާލޭގަ ހުންނަ ފެންވަރަށް މާލޭގަ އަޕްގްރޭޑް ކުރެވޭ ފެންވަރަށް ކޮންމެ އަތޮޅެއްގައި މައި އެއް ސްކޫލު ހަމަޖައްސައިދޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button