ޚަބަރު
އިންތިޚާބީ ރައީސްގެ ގެކޮޅުގައި ފަލަސްޠީނުގެ ދިދައެއް!
އިންތިޚާބީ ރައީސް، ޑރ.މުޙައްމަދު މުޢިއްޒުގެ ގެކޮޅު (މ. ދިމްޔާޠު)ގައި ފަލަސްޠީނު މިނިވަންކުރަން ގޮވައިލާ ބޮޑު ދިދައެއް ނަގައިފިއެވެ.
ދިދައިގެ މެދުގައި ’ފްރީ ފަލަސްތީން‘ (ފަލަސްޠީނު މިނިވަންކުރޭ) މިހެން ލިޔެފައިވެއެވެެ.
ޑރ.މުޢިއްޒުވަނީ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ކުރަމުން ގެންދާ ނޭދެވޭ ހަމަލާތަކާއި ޖަރީމާތައް ކުށްވެރިކުރައްވާ ވާހަކަ ދައްކަވާފައެވެ.
ޑރ.މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. ”އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ޤާނޫނާ ޚިލާފަށް އިސްތިޢުމާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ. އަދި ގަދަކަމުން ފަލަސްޠީނު ރައްޔިތުންގެ ކިބައިން ފޭރިގަނެފައިވާ ބިންތައް އެބައިމީހުންނަށް އަނބުރާ އިއާދަކުރަންޖެހޭ“.
މި ޓުވީޓުތައް ވަނީ ވަރަށް ގިނަ އަދަދެއްގެ މީހުން ބަލައި، ރިޓުވީޓުކޮށް އެމަނިކުފާނަށް ތައުރީފުގެ ބަސްތައް ފޮނުވާފައެވެ.