ޚަބަރު

މައްޗަންގޮޅި މެދުދާއިރާއަށް އުއްމީދީ ޒަމްޕެ!

ޒަމްޕެއޭ ބުނުމަކުން މީހުންނަށް އާ ނަމަކަށް ނުވާނެއެވެ. އިބްރާހީމް ޒަމީލް (ޒަމްޕެ)، މއ.ސީނުމާއަކީ 1990ވަނަ އަހަރުތަކުގެ ތެރޭގައި އެންމެ މަގުބޫލު ވެގެންދިޔަ މިއުޒިކް ބޭންޑެއް ކަމަށްވާ ފްރީޒް ބޭންޑްގެ ލީޑަރ އަދި ޑްރަމަރެވެ.

މިއުޒިކް ކުޅުން ހުއްޓާލީ 2005 ވަނަ އަހަރުގައެވެ. އެއަށްފަހު ޒަމްޕެ ފެނިގެން ދިޔައީ 2018 ވަނަ އަހަރު ޕީޕީއެމް ޕީއެންސީ ރިޔާސީ އިންތިހާބުން ބަލިވުމަށްފަހު ޕާޓީ ކޮޅަށް ނަގަން މަސައްކަތްކުރި މީހުންގެ އެންމެ ކުރީ ސަފުންނެވެ.

އެގޮތުން ޒަމްޕެ މަސައްކަތްކުރީ މައްޗަންގޮޅީ ސްޓިއަރިންގ ކޮމިޓީގެ ރައީސްގެ ގޮތުގައާއި، މިހާރު ވެރިކަންކުރާ ޕާޓީގެ ސެނެޓަރެއްގެ ގޮތުގައާއި މައްޗަންގޮޅީ މެދު ދާއިރާގެ ރައީސެއްގެ ގޮތުގައެވެ.

ޒަމްޕެއަކީ އިންޑިއާއައުޓް ހަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި އެއްވެސް ބިރެއްނެތި އެންމެ ގަދަޔަށް މަސައްކަތްކުރި އެއް ފަހުލަވާނެވެ. އަދި ފްލެޓްތަކުގެ މައްސަލައިގައި މާލޭގައި ކުރި ހުރިހާ މުޒާހަރާތަކުގަައި އޭނާގެ ބައިވެރިވުމާއި ހިއްސާ ބޮޑެވެ. އެގޮތުން ފާހަގަކޮށްލެވޭ ލަވައެއް ކަމުގައިވާ ”ކޮބާހޭ މަގޭ ފުލެޓް“ ލަވައަކީ ޒަމްޕެގެ އަމިއްލަ އުފެއްދުމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް ޕީޕީއެމްގެ މުޒާހަރާތަކުގައި އަޕްބީޓަކަށް ބޭނުންކުރަން ފެށި ”ކަނޑު ފޭރޭ، ޗޯރު އިބޫ، ހައްޔަރުކުރޭ، ހައްޔަރު ކުރޭ“ ޑީޖޭއަކީ ޒަމްޕެގެ އަޑުން ކިޔާފައިވާ އަދި މިއުޒިކް ޕްރޮޑިއުސަރު އަބްދުﷲ ޒިފާން ޒާހިދު (ޑިފީގެ) އުފެއްދުމެކެވެ. މީގެ އިތުރުންވެސް ފާހަގަކޮށްލެވޭ ހިދުމަތްތަކާއި މަސައްކަތްތައް ޒަމްޕެގެ ފަރާތުން ފެންނަން އެބަހުއްޓެވެ.

މައްޗަންގޮޅި މެދުދާއިރާއިން ކުރިޔައް އޮތް 20 ވަނަ މަޖިލީހަށް ވާދަ ކުރައްވަން ޒަމްޕެ ނިންމެވީ، ޑރ.މުހައްމަދު މުއިއްޒު ވެރިކަމައް ގެނައުމަށް ކުރި ހިތްވަރާ ބުރަ މަސައްކަތުން ދާއިރާއަށް އިތުރު ހިދުމަތްތައް ކޮށްދިނުމުގެ ފުރިހަމަ ޔަގީންކަމާއެކުގައެވެ.

ޑރ. މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށާއި އެމަނިކުފާނުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީސް ތެރެއިން އެއްބާރުލުންދީ، ކޮށްދެވެންހުރި ހުރިހާމަސަތްކަތެއް ކޮއްދިނުމަކީ ޒަމްޕެގެ އަޒުމެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button