ރިސޯޓް ހެދުމަށް އަނެއްކާވެސް ބީލަމަށް!
ށ.ނަލަންދޫގައި ރިސޯޓެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް ބީލަމަށް ހުޅުވާލައިފިއެވެ.
މި ރަށް ބީލަމަށް ހުޅުވާލައި ޓޫރިޒަމް މިނިސްޓްރީން 2ވަނަ ފަހަރަށް ކުރި މި އިއުލާނުގައިވާ ގޮތުގައި އަންނަ މަހުގެ ހައެއްގެ ކުރިން މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހަޅަން ޖެހެއެވެ.
މީގެ ކުރިން މި ރަށަކީ ލަނޑާ އާލާކުރާ ބަޔަކަށް ގިނަ އަހަރު ތަކަކަށް ކުއްޔަށް ދޫކޮށްފައި އޮތް ރަށެކެވެ.
ރައީސް އިބްރާހީމް ސާލިހުގެ ސަރުކާރުން ވަނީ އެ ރަށް އެ މީހުންގެ އަތުން ނަގައި، ބަދަލު ދިނުމަށް ފަހު، ޓޫރިޒަމަށް ހާއްސަކޮށްފައެވެ. ސަރުކާރުން މި މަސައްކަތް ފެށީ 2021 ގައި ރައީސް އިބްރާހިމް ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ އެދިލެއްވުމަށެވެ.
ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ފުރަތަމަ އިއުލާންކޮށް، ބީލަން ހުޅުވާލީ ހއ.މެދަފުއްޓާއި ތ.ރުއްތިބިރަށާ އެކުގައެވެ. އެއީ މި އަހަރުގެ އޮގަސްޓު މަހުއެވެ.