ޚަބަރުސިޔާސީ

ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ ދަށަށް!

ކުރިއަށް އޮތް ދައުރުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު700އަށް ވުރެ ދަށުގައި ލިމިޓް ކުރައްވާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ އޮކްޓޫބަރު 10ވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސުލްޖުމުހުރިއްޔާ ވަނީ ސަރުކާރު އެކުލަވާލުމުގައި ސިޔާސީ މަގާމުތަކާއި ގުޅޭގޮތުން މުހިއްމު ނިންމެވުމެއް ނިންމަވާފައިކަމަށެވެ.
ފިރުޒުލް ވިދާޅުވިގޮތުގައި އިންތިޙާބީ ރައީސުލްޖުމުހުރިއްޔާ ޑރ. މުއިއްޒު ނިންމަވާފައިވަނީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރެއްވުމަށެވެ.
މި އަދަދަކީ މިއަދުގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދުކަމަށްވާ 1063 މަގާމަށްވުރެ މަދު އަދަދެއްކަން ވެސް ފިރުޒުލް ފާހަގަ ކުރައްވާފައިވެއެވެ.
ރައީސް އިބްރާހިމް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ކުރީގެ ރައީސް ޔާމީނުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެފައިވާ އެއްކަމަކީ އެ ސަރުކާރުގައި ސިޔާސީ މަޤާމުތައް ގިނަވުމެވެ. އެއިރު ސިޔާސީ މަޤާމުތަކުގައި ތިއްބެވީ 400 އެއްހައި ބޭފުޅުންނެވެ. މިހާރު ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު 1،000 އަށްވުރެ މައްޗަށް ގޮސްފައިވާކަން ބަޖެޓުގެ ހިސާބުތަކުން ފާހަގަވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button