
އއ. މާންދޫ ސްޓެލްކޯ ޕަވަހައުސް ކޮންޓްރޯލް ރޫމްގައި ރާބުއި މައްސަލައެއް ސްޓެލްކޯ ހެޑް އޮފީހުން ބަލަން ފަށައިފިއެވެ.
މާންދޫ ސްޓެލްކޯ ޕަވަހައުސް ކޮންޓްރޯލް ރޫމްގައި ރާބުއި މައްސަލައިގެ ހެކި، ފޮޓޯއާއި އެކު ސްޓެލްކޯ ހެޑް އޮފީހަށް ހުށަހަޅައިފައިވާ އިރު، ހެޑް އޮފީހުން މިހާރުދަނީ އެމައްސަލަ ބަލަމުންނެވެ. މިފަދަ ޢަމަލެއް ހިނގައިފައިވާކަން އާންމުންނަށް ސިއްރުކޮށްފައިވަނީ އިންތިޚާބާއި ދިމާކޮށް ސަރުކާރުން މިފަދަ ޢަމަލުތަކަށް ހިއްވަރުދޭތީ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
މިރޭވެސް މާންދޫ ސްޓެލްކޯ ޕަވަހައުސްގައި ރާބުއިމުގެ ކަންކަން ހިނގާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިކަން ފުލުހުންނަށް އަންގާފައިވާކަން ސާފުވެފައެއް ނުވެއެވެ.