
އެމްޑީޕީގެ އޮފީސްތަކާއި ޖަގަހަތައް ހުޅުވައިގެން މިރޭ ގިނަ އަދަދެއްގެ ފައިސާ ބަހަމުން އަންނަކަން ފާހަގަކުރެވި އެ މައްސަލަ ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސާ ބަހަމުންދަނީ ސޯސަން ޖަގަހައާއި ހާލްފްސީ ކުރިމަތިންނާއި މޫކައި ސުއިޓްސް އަދި ރައީސް އިބްރާހީމުގެ ރެސްޓޯރެންޓު ސޯލްޓް ކެފޭއާއި ދަނޑިކޮށި ޖަގަހައިންނެވެ. މިތަންތަނުގައި ގިނަ އަދަދަކަށް މީހުން މިހާރުވެސް ތިބި އިރު، މި މައްސަލަވަނީ ފުލުހަށްވެސް ހުށަހަޅައިފައެވެ.
ފައިސާ ބަހާ މައްސަލަތައް އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް ގެނައި ނަމަވެސް އެކަން ހުއްޓުވުމަށް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްލެވެއެވެ.