ޚަބަރު

ކާނަލް ނަޝީދުގެ ބަންދަށް 15 ދުވަސް ޖަހައިފި!

އަލަމްގީރް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ގެ ބަންދަށް ފަނަރަ ދުވަސް ޖަހައިފިއެވެ.

ފިރިހެނަކާއެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ގައި ކާނަލް ނަޝީދު ހައްޔަރުކުރީ އިއްޔެގެ ވަގުތެެއްގައެވެ.

އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ބަންދަށް ވެސް ވަނީ މިއަދު 7 ދުވަސް ޖަހާފައެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ނާޒިމް ސައްތާރުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ވަނީ ހައްޔަރު ކޮށްފައެވެ. އަދި ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް (ސައްލެ) ގެ ހިއްސާ އޮންނަ ސަރުކާރުގެ ޕްރޮޕަގެންޑާ ފަތުރާ ޓީވީ ޗެނަލް ކަމަށްވާ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރުވެސް ވަނީ ހައްޔަރުކޮށްފައެވެ.

އަލަމްގީރް އާއި އެކު 250 މީހުން ލިވާތު ކުރި ކަމަށް މިހާރު ތަހުގީގު ގޮސްފަ އޮއްހިސާބުން ހާމަވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button