ޚަބަރުސިޔާސީ

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ހާއްސަ ކްލިނިކަކާއި، ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހަމަޖެހުމުން ގޭގައި ތިބެގެން މެމޯ ހެދުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މި ހިދުމަތް ތައާރަފްކޮށްދެއްވީ އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

 ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ހަލީލް ވިދާޅުވީ އެ ކްލިނިކްގެ ޒަރިއްޔާއިން އިސްރަށްވެހިންނަށް ހާއްސަ ސަމާލުކަމެއް ދީ އެ ފަރާތްތައް ހާއްސަ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިތުރު މަސައްކަތްތަކެއް ފެށިގެންދާނެކަމާ މެދު ޝައްކެއް ނުކުރާ ކަމަށެވެ.

 

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ވައުދަކީ  ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތިބި ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީ އެ ހިދުމަތް ރާއްޖޭގެ އަތޮޅުތަކަށް ފުޅާ ކުރުން ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button