ޚަބަރުސިޔާސީ

އިސްލާމިކް މިނިސްޓްރީން އައު އަހަރު ކުރަން ރާވައިފައިވާ މުހިންމު ހަ ކަމެއް

އައު އަހަރުގެ ފުރަތަމަ މަހު އިސްލާމިކް މިނިސްޓްރީން ކުރަން ރާވައިފައިވާ މުހިންމު ހަ ކަމެއް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.

އެގޮތުން ޖެނުއަރީ މަހު ދެވަނަ ދުވަހު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހު ކުރުމާއި ޖެނުއަރީ ތިންވަނަ ދުވަހު އިސްލާމީ ދައުވަތުގެ 2024 ވަނަ އަހަރުގެ ޕްލޭން އިފްތިތާހު ކުރުމާއި ޖެނުއަރީ ހަތަރުވަނަ ދުވަހު އަތޮޅު ވަގުފު މަޝްރޫއު އިއުލާނުކުރުމާއި ޖެނުއަރީ ފަސްވަނަ ދުވަހު ހައްޖާއި އުމްރާގެ ޚިދުމަތުގެ އެއްބަސްވުމުގައި ސޮއިކުރުން (ސަޢޫދީ ޢަރަބިއްޔާގައި) ހިމެނެއެވެ. އަދި ޖެނުއަރީ 21 ގައި މިނިސްޓްރީގެ 2024 ވަނަ އަހަރުގެ އެކްޓިވިޓީ ޕްލޭން އިފުތިތާހުކުރުމާއި ޖެނުއަރީ 25 ގައި އިސްލާމިކް ޓީވީ ޗެނަލް ލޯންޗުކުރުން ހިމެނެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޖެނުއަރީ 22 ގައި ރަމަޟާން މަހުގެ އިހުޔާ ޕްރޮގްރާމުތައް ގެންދާނެ ގޮތް މީޑިއާތަކާ ހިއްސާކުރުމާއި 23 ވަނަ ދުވަހު ރާއްޖެއިން ހައްޖު މީޑިއާ ކަވަރޭޖް, ރާއްޖެއާއި ސަޢޫދީގައި ކުރިއަށްގެންދާނެ ގޮތް މީޑިއާތަކާ ހިއްސާކުރުން ވެސް އޮންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button